ކުޅިވަރު

ޕޯޗުގަލް މޮޅުވިއިރު ރޮނާލްޑޯ ރެކޯޑް ހެދުމާ ގާތަށް


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްއިން އެންޑޯރާ ކޮޅަށް ހަތް ލަނޑުޖަހައިފިއެވެ.

ފީފާ ރޭންކިންގެ 7 ވަނައިގައިވާ ޕޯޗުގަލް އާއި 134 ވަނައިގައިވާ ޕޯޗުގަލް ބައްދަލު ކުރި މެޗުގައި ޕޯޗުގަލް ލަނޑުތައް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ، ޖޯއޯ ފެލިކްސް، ރެނާޓޯ ސަންޗޭޒް، ޕެޑްރޯ ނެޓޯ އާއި ޕައުލީނިޔޯއެވެ. މިއީ ނެޓޯ ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗު. މެޗުގައި ޕައުލީނިޔޯ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އޭނާ ޕޯޗުގަލްއަށް ކާމިޔާބުކޮއްދިން ލަނޑުގެ އަދަދު ވަނީ 102 އަށް އަރާފައެވެ. އަލީ ދާއީގެ ބައިނަލްއަގުވާމީ ލަނޑުގެ ރެކޯޑް މުގުރާލަން ރޮނާލްޑޯ ބޭނުންވަނީ އިތުރަށް ހަތްލަނޑެވެ. އޭނާ ވަނީ މިއަހަރުތެރޭގައި ގައުމީ ޓީމަށް 100 ލަނޑު ކާމިޔާބުކޮށްދިން ޔޫރަޕުގެ ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑުވެސް މުގުރާލާފައެވެ.

ރޭ ބަޓްޝުވާއީގެ ދެލަނޑުން ބެލްޖިއަމް ވަނީ ސްވިޒަލޭންޑް މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ. ރޭގައި ޖެހި ދެލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ރޭ ކްރޮއޭޝިޔާ އާއި ތުރުކީ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ކްރޮއޭޝިޔާ ކެޕްޓަން ވިދާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާ ގުޅިގެން މެޗުގެ ދެވަނަހާފްގައި ކުޅުންތެރިޔާ ވަނީ ބަދަލުކޮށްފައެވެ.