ދުނިޔެ

ސަޢުދީގައި ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން ޒަޚަމްވެއްޖެ


ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމުގެ ޒިކުރާ އައުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ހުރި ސަހަރާއެއްގައި ކުރިއަށްދިޔަ ހަފުލާއެއްގައި އެއްޗެއް ގޮވައި ބަޔަކު ޒަޚަމްވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ ކޮންމެ އަހަރަކުވެސް ބާއްވާ އެ ރަސްމިއްޔާތުގައި ފަރަންސޭސިވިލާތް ހިމެނޭގޮތަށް ވިލާތުގެ ޤައުމުތަކާއި އެހެނިހެން ޤައުމުތަކުގެ މަންދޫބުން ބައިވެރިވެފައިވާކަމަށެވެ. އެ ހަފުލާ ބާއްވާފައިވަނީ މުސްލިމުންގެ ސަހަރާއެއްގައި ނޫންކަމަށާއި އެ ހަމަލާ ދީފައިވަނީ އައިއީޑީއެއް ބޭނުންކޮށްގެން މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ހާދިޘާ ހިންގާފައިވާކަން ގުރީސްގެ ރަސްމީ ފަރާތަކުންވެސްވަނީ ޔަޤީންކޮށްދީފައެވެ. އެ ފަރާތުން ބުނީ ޒަޚަމްވި ހަތަރު މީހުންގެ ތެރޭގައި ގުރީސްގެ ރައްޔިތެއްވެސް ހިމެނޭކަމަށެވެ.