ދުނިޔެ

ބަހުރައިނުގެ ބޮޑުވަޒީރު އަވަހާރަވެއްޖެ


ބަހުރައިނުގެ ބޮޑިވަޒީރު ޝައިޚު ޚާލީފާ ބިން ސަލްމާން އަލްޚަލީފާ އަވަހާރަވެއްޖެއެވެ.
އެންމެ ގިނަ ދުވަސްވަންގެން ބަހުރައިނުގެ ބޮޑުވަޒީރުގެ ގޮތުގައި ޚިދުމަތްކުރައްވަމުންދިޔަ ބޮޑުވަޒީރު ޝައިޚު ޚާލީފާ ބިން ސަލްމާން އަލްޚަލީފާ އަވަހާރަވީ އެމެރިކާގެ ހަސްފަތާލެއްކަމަށްވާ މޭޔޯ ކުލިނިކު ހޮސްޕިޓަލުގައި ޞިއްޙީ މައްސަލަތަކަކަށް ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރެވެ.

ބަހުރައިނުގެ ރަސްގެފާނު ޝައިޚު ހަމަދު ބިން ޢީސާ އަލްޚާލީފާވަނީ ކުރިއަށް އޮތް އެއް ހަފުތާއަކީ ހިތާމަ ފައުޅުކުރުމުގެ އެއް ހަފުތާގެ ގޮތުގައި ކަނޑައަޅުއްވާ ބައި ދަނޑިއަށް ޤައުމުގެ ދިދަތައް ތިރިކުރައްވާފައެވެ.

ބަހުރައިނުގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ އެމަނިކުފާނުގެ ހަށިކޮޅު އަނބުރާ ބަހުރައިނަށް ގެނައުމަށް ފަހުގައިކަމަށެވެ.