އިންޑިއަން ޕްރިމިއަރ ލީގްގެ ތަށި ފަސްވަނަ ފަހަރަށް މުންބާއީ އިންޑިއަން ކާމިޔާބުކޮށްފިއެވެ.
އިންޑިއަން ޕްރިމިއަރ ލީގުގެ ތަށި ފަސްވަނަ ފަހަރަސް މުންބާއީ އިންޑިއަންސް ހޯދާފައިވަނީ ދިއްލީ ކެޕިޓަލްސްއާއި ވާދަކޮށް 5 ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ދިއްލީ ކެޕިޓަލްސްއިން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 156 ލަނޑު، ނަމަވެސް މުންބާއީ އިންޑިއަންސްއިން ކުޅެންއަރާ 18.5 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން އެޓީމްވަނީ 157 ލަނޑު ހަދާފައެވެ. މިމޮޅާއެކު މުންބާއީ އިންޑިއަންސް ވެގެން ގޮސްފައިވަނީ އިންޑިއަން ޕްރިމިއަރ ލީގްގައި އެންމެ ކާމިޔާބު ޓީމްއަށެވެ.
މުންބާއީ އިންޑިއަންވެސް ވަނީ މީގެ ކުރިން 2013، 2015، 2017 އަދި 2019ވަނަ އަހަރުހެ ލީގްވެސް ކާމިޔާބުކޮށްފައެވެ. މިފަހަރުގެ މުބާރާތް ބާއްވާފައިވަނީ ޔޫއޭއީގައެވެ. ޔޫއޭއީގައި މިމުބާރާތް ބައްވާފައިވަނީ ކޮވިޑް19ގެ ވައިރަސްގެ ސަބަބުންނެވެ.