ވިޔަފާރި

ވޯލްޑް ޓްރެވެލް އެވޯޑްސް - އިންޑިއާ ކަނޑުގެ 4 އެވޯޑެއް ރާއްޖެއަށް


ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުގެ 4 އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުން ރާއްޖެއަށް ލިބިފައިވާ 4 އެވޯޑްގެ ތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން، ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން، ލީޑިންގ ޑެސްޓިނޭޝަން އަދި ލީޑިންގ ޑައިވް ޑެސްޓިނޭޝަންއެވެ.

މީގެއިތުރުންވެސް އިންޑިއާ ކަނޑުގެ ގިނަ އެވޯޑްތަކެއް ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުން ވަނީ ހޯދާފައެވެ. އިންޑިއާ ކަނޑުގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ލިބިފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސްއަށެވެ. އަދި ލީޑިންގ ޓްރެވެލް އެޖެންސީގެ އެވޯޑް ލިބިފައިވަނީ ސިންޕްލީ މޯލްޑިވްސް ހޮލިޑޭސްއަށެވެ.

އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުން ހޯދާފައިވާ ބައެއް އެވޯޑްތަކުގެ ތެރޭގައި:

  • ލީޑިންގ ބޮޓިކް ހޮޓެލް: ނަލަދޫ ޕްރައިވެޓް އައިލެންޑް
  • ލީޑިންގ ޑައިވް ރިސޯޓް: ކޮންސްޓެންސް މޫފުށި
  • ލީޑިންގ ފެމިލީ ރިސޯޓް: ކުރުނބާ ރިސޯޓް
  • ލީޑިންގ ގްރީން ރިސޯޓް: ރީތިފަރު ރިސޯޓް
  • ލީޑިންގ ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
  • ލީޑިންގ ހޮޓެލް: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  • ލީޑިންގ ހޮޓެލް ސުއިޓް: ވައްކަރު މޯލްޑިވްސް
  • ލީޑިންގ ލެޝަރ ހޮޓެލް: އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓް
  • ލީޑިންގ ލަގްޝަރީ ހޮޓެލް ވިލާ: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ލީޑިންގ ލަގްޝަރީ އައިލެންޑް ރިސޯޓް: ވެލާ ޕްރައިވެޓް އައިލެންޑް
  • ލީޑިންގ ލަގްޝަރީ ރިސޯޓް: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ލީޑިންގ ލަގްޝަރީ ޓުއަރ އޮޕަރޭޓަރ: ހޭ ހޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ލީޑިންގ ލަގްޝަރީ ވޯޓަރ ވިލާ: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
  • ލީޑިންގ ނިއު ރިސޯޓް: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ލީޑިންގ ޕްރައިވެޓް އައިލެންޑް ރިސޯޓް: ވެލާ ޕަރައިވެޓް އައިލެންޑް
  • ލީޑިންގ ރިސޯޓް: ވައްކަރު މޯލްޑިވްސް
  • ލީޑިންގ ވޯޓަރ ވިލާ ރިސޯޓް: ސަން އެކުއާ ވިލު ރީފް
  • މޮސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް

އިންޑިއާ ކަނޑުގެ ސަރަހައްދުން ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެވޯޑްތައް ލިބުނު ފަރާތްތައް އިއުލާންކޮށްފައިވަނީ އިއްޔެއެވެ. ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ފެންވަރުގެ 8 އެވޯޑަކަށްވެސް ރާއްޖެއިން ވަނީ ނޮމިނޭޓްވެފައެވެ. ނަމަވެސް މި އެވޯޑްތައް އިއުލާންކުރުން އޮންނާނީ މިމަހުގެ ފަހުކޮޅުއެވެ.