ކުޅިވަރު

ޔުނައިޓެޑުގެ ކޯޗު ގެންގުޅޭ އުސޫލްތަކުން ޕޮގްބާ ހިތްހަމައެއް ނުޖެހޭ : ޑިޝޯންޕްސް


މެންޗެސްޓަރ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރ ޕައުލޯ ޕޮގްބާ ހުރީ ޔުނައިޓެޑުން ކަންތައްކުރާ ގޮތުން ހިތްހަމަ ނުޖެހިފައިކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯންޕްސް ބުނެފިއެވެ.

ގައުމީ ޓީމުގެ ކޭމްޕްގައި ކުރިޔަށްދާ ތަމްރީނުގެ ތެރެއިން ވާހަދައްކަމުން ޑިޝޯމްޕްސް ބުނީ ޔުނައިޓެޑުގެ ކޯޗު އޮލެގަނަ ސޯލްޝެއަރގެ ބައެއް އުސޫލްތަށް ގެންގުޅޭގޮތުން ޕޮގްބާ ހިތްހަމަނުޖެހޭކަމަށެވެ. ހާއްސަކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޕޮގްބާ ބޭނުންކުރާތީ އޭނާ ހުރީ ހިތްހަމަނުޖެހިފަކަމަށެވެ.

މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑު ކުޅުނު 11 މެޗުގެ ތެރެއިން ޕޮގްބާއަށް ފުރަތަމަ އެގާރާއިން ފުރުސަތު ލިބިފަވަނީ އެންމެ ފަސްމެޗުގައެވެ. އެންމެފަހުން ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޕޮގްބާ ބޭނުން ކޮށްފަވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އޭނާ މެޗުގައި ކުޅެންނުކުތީ 82ވަނަ މިނިޓުގައެވެ.

ފްރާންސްގެ ކޯޗު ޑިޝޯންޕްސް ބުނީ މިވަގުތު ކުޅުންތެރިޔާ ހުރީ ރަނގަޅު ހާލަތުގައި ނޫންކަމަށާއި އަނިޔާއިން އެނބުރި އައިފަހުން އޭނާ އަސްލުފޯމަކަށް އަދި އެނބުރި ނާންނަކަމަށެވެ. އެހެންނަމެވެސް އެއީ އެހާ ބޮޑު މައްސަލައެއް ކަމަކަށް ނުދޭކަމަށާއި ފްރާންސުގެ ގައުމީ ޓީމުގައި ކުޅުންތެރިޔާ ހުރީ ހިތްހަމަޖެހިގެންކަމަށެވެ. މިހާލަތުގައި އޭނާއަށް މަދުން ފުރުސަތު ދިނުމާއި އޭނާ ލައްވާ ކުޅުވާ މަގާމުގެ ސަބަބުން ޔުނައިޓެޑާ ދޭތެރޭ އެހާ ހިތްހަމަ ނުޖެހޭކަމަށް ވެސް ފްރާންސްގެ ކޯޗު ބުންޏެވެ.

މިހާރު ގައުމީ ޓީމުގެ ކޭންޕާގުޅިފައިވާ ކުޅުންތެރިޔާއާ ގުޅޭގޮތުން ޑެޝޯމްޕްބުނީ އެނާ ކުޅުންތެރިޔާ ވަރަށް ރަނގަޅަށް ދަންނަކަމަށާއި ރަނގަޅު ވިސްނުމަކާއެކު ކުޅުންތެރިޔާއާއެކު ރަނގަޅު މިސްރާބަކަށް ދެވިދާނެކަމަށެވެ.

ޕޮގްބާ ދެވަނަ ފަހަރަށް ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު ޔުވެންޓަސްއިންނެވެ. ފްރާންސުގެ ގައުމީ ޓީމު ކޭންޕްކޮށްފައިވަނީ ކުރިޔަށް އޮތް ފިންލޭންޑް، ޕޯޗުގަލް އަދި ސްވިޑެން މެޗަށެވެ.