ކުޅިވަރު

ޓޮޓްހެންހަމް އާއި ލެސްޓާ ސިޓީއަށް ލީގުގައި މުހިންމު މޮޅެއް


އިނގިރޭސި ލީގުގައި ޓޮޓްހެންހަމް އާއީ ލެސްޓާ ސިޓީން އެޓީމު ކުޅުނު މެޗުތައް ކާމިޔާބުކޮށް ލީގުގައި މުހިންމު މޮޅެއް ހޯދައިފިއެވެ. ޓޮޓްހެންހަމް ވަނީ ރަށުން ބޭރުގައި ވެސްޓްބްރޮމްއާ ވާދަކޮށް 1-0 މޮޅުވެފައެވެ. ލެސްޓާވަނީ ހަމަ މިނަތީޖާއިން ވުލްވޯސް މައްޗަށް ކުރި ހޯދާފައެވެ. ޓޮޓްހެންހަމުން މެޗު ކާމިޔާބުކުރީ މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ހެރީ ކޭމް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާ ލީގުގައި ކުޅުނު 217 މެޗުން އޭނާ ކާމިޔާބުކުރި 150ވަނަ ލަނޑެވެ. މިލަނޑާއެކު ކީން ވެފަވަނީ އިނގިރޭސި ލީގުގައި 150 ލަނޑުހަމަކުރި 10ވަނަ ކުޅުންތެރިޔާއަށް ވެފައެވެ. މި މޮޅާއެކު ޓޮޓްހެންހަމް ވަނީ 8 މެޗުން 17 ޕޮއިންޓް ހޯދާފައެވެ.

ލެސްޓާ ސިޓީން ވޮލްވޯސް މައްޗަށް ކުރިހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރީ ޖިމީ ވާޑީއެވެ. ވާޑީ އަށް ވަނީ ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތެއް ލިބިފައެވެ. އެކަމަކު މެޗުގައި ލެސްޓާއަށް ލިބުނު ދެވަނަ ޕެނަލްޓީ ވޮލްވޯސްގެ ކީޕަރު ޕެޓްރީސިއޯ ވަނީ ދިފާއުކޮށްފައެވެ. މިއީ މި ސީޒަނުގެ ލީގުގައި މިހާތަނަށް ލެސްޓާއަށް ލިބުނު 8ވަނަ ޕެނަލްޓީއެވެ. ލެސްޓާއިން ލީގުގައި ކުޅުނު 8 މެޗު 18 ޕޮއިންޓް ލިބިފައިވާއިރު، މިއީ ލީގުގެ ތާރީހުގައިވެސް ފުރަތަމަ 8 މެޗުން އެޓީމު ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.