ކުޅިވަރު

ލާޒިޔޯއިން ޔުވެންޓަސް ހިފެހެއްޓި އިރު އެޓްލާންޓާއިން އިންޓަރ ހިފަހައްޓައިފ


އިޓާލިއަން ސެރިއާގައި ލާޒިޔޯ އާއި ޔެވުންޓަސް އެއްވަރުވި އިރު އިންޓަމިލާން އާއި އެޓްލާންޓާވެސް އެއްވަރުވެއްޖެއެވެ.

ޔުވެންޓަސް ރަށުންބޭރުގައި އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަހާފްގެ 15ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ކާމިޔާބުކޮށްދީފައިވަނިކޮށް ލާޒިޔޯއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރުވަގުތުވެސް ފަހުމިނިޓުގައި ފިލިޕޭ ސައިސެޑޯ ކާމިޔާބުކުރި ލަނޑުންނެވެ. ޔުވެންޓަސްގެ ރޮނާލްޑޯ ވަނީ މިސީޒަންގައި ސެރިއާގައި އެޓީމަށް ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑުޖަހާފައެވެ.

ލީގުގައި އިންޓަމިލާނާއި އެޓްލާންޓާ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ދެވަނަ ހާފްގައި ލަނޑުތައް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު އިންޓަމިލާނުން ޖެހީ ލައުޓަރޯ މާޓިނޭޒްއެވެ. މެޗުގެ ނަތީޖާ އެޓްލާންޓާއިން ހަމަހަމަކުރީ އެލްކްސޭ މިރްނަޗުކް ކާމިޔާބުކުރި ލަނޑުންނެވެ.

މިދެޓީމު އެއްވަރު ވުމުގެ ފައިދާނަގާ ރޯމާއިން ވަނީ ޖެނޯއާގެ މައްޗަށް ކުރި ހޯދާ ތާ ތާވަލުގެ ތިންވަނައަށް ކުރިޔަށްޖިހިލާފައެވެ. މެޗުގައި ރޯމާގެ ތިންލަނޑު ވެސް ކާމިޔާބުކުރީ ހެންރިކް މިކްތާރިއަންއެވެ.

މިނަތީޖާއެކު ރޯމާއިން 7 މެޗުން 14 ޕޮއިންޓް ހޯދިއިރު ޔުވެންޓަސް ވަނީ 7 މެޗުން 13ޕޮއިންޓް ހޯދާފައެވެ. އިންޓަމިލާން ވަނީ 7 މެޗުން 12 ޕޮއިންޓް ހޯދައިފައެވެ.