ތިމާވެށި

ކާރބަން ޓެކްސްގެ ސަބަބުން ތަކެތީގެ އަގު އުފުލުނަ ދެވިގެން ނުވާނެ


ބައިނަލްއަގްވާމީ ކާރބަން ޓެކްސްގެ ސަބަބުން ކުދި ގައުމުތަކުގެ ކާބޯތަކެތީގެ އަގު އުފުލިގެން ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ތާރިޤް އިބްރާމް ގޮވާލައިފިއެވެ.އެންވަޔަރަމަންޓް މިނިސްޓަރ މިކަމަށް ގޮވާލެއްވީ މިހާރު އދ.ގެ މައިމަރުކަޒުގައި ހިންގަމުންދާ އދ.ގެ 70 ވަނަ އާއްމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ދެވަނަ ބިޒްނަސް ޑައިލޮގްގައެވެ.މިނިސްޓަރގެ ވާހަކަފުޅުގުގައި ކުލައިމެޓް ފައިނޭންސިންގެ މުހިއްމުކަމާއި، ދެމިހެއްޓެނިވި ގޮތެއްގައި ފައިސާ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުން ދިނުމުގެ މުހިއްމު ކަމަށް ގޮވާލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްސަކޮށް ކުދި ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް އެކަށީގެންވާ ވަރަށް ހައްލުކުރެވިދާނެ ގޮތަށް ފައިސާ ދިނުމުގެ މުހިއްމުކަމަށްވެސް މިނިސްޓަރ އަލިއަޅުވާލައްވާފައިވެއެވެ.މީގެ އިތުރުން މިނިސްޓަރ ތާރިޤުވަނީ ބައިނަލް އަޤްވާމީ ކާރބަން ޓެސްތަކަށް މަރުހަބާ ދެންނަވާފައެވެ. އަދި މިނިސްޓަރގެ ވާހަކަފުޅުގައި މިފަދަ ޓެކްސްތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލިގެން ނުދާނެ ގޮތްތަކެއް ރާވަންޖެހޭކަމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެ ފަދަ އިންޕޯރޓަށް ބަރޯސާވެފައިވާ ޤައުމުތަކަށް ތަކެތީގެ އަގު އުފުލިއްޖެނަމަ، އާންމު ރައްޔިތުންނަށާއި އިންވެސްޓަރުންނަށްވެސް އޭގެ ގެއްލުން ވާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.އެހެންކަމުން މިދަފަ ނިޒާމެއް ޤާއިމުކުރުމުގައި ތަކެތީގެ އަގު ނުއުފުލޭނެ ގޮތްތަކަށް ރޭވުގެ މުހިއްމުކާއި މެދު މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ މެކޭނިޒަމްތަކުގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތޮގައި ކުރާނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ ފައިސާއާއި، ޓެކްނޮލޮޖީގެ އެހީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ދީގެންކަމަށާއި، އެހެން ކަމުން މިއަހަރުގެ ފަހުކޮޅުގައި ބޭމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބައްދަލުވުމުގައި ރަނގަޅު އެއްބަސްވުމެއް އެކުލަވާލުމަށްވެސް މިނިސްޓަރ ޠާރިޤު ގޮވާލެއްވިއެވެ. ބިޒްނަސް ޑައިލޮގްގެ ސިލްސިލާ ބައްދަލުވުންތަކަކީ 21 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސްގެ ރިޔާސަތާއި ހަވާލުވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ވިލާތުން ބާއްވާ ބައްދުވުންތަކެކެވެ. މި ބައްދަލުވުންތަކަކީ ސަރުކާރުތަކާއި ވިޔަފާރިވެރިންނަށް، މެދު މޫސުމަށް އަންނަ ބަދަލުތަށް ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުންތަކެކެވެ.