ކުޅިވަރު

ލެސްޓާ މޮޅުވެ ގުރޫޕްގެ ކުރީގައި ހަމަޖެހިލައިފި


ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް ލެސްޓާސިޓީން ޕޯޗުގަލްގެ ބްރާގާ މައްޗަށް ކުރި ހޯދާ ގުރޫޕް ޖީގެ ކުރީގައި ހަމަޖެހިލައިފިއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. މެޗުގެ ލެސްޓާގެ ކެލެޗީ އިހާނަޗޯ ދެލަނޑު ކާމިޔާބުކުރި އިރު އެނެއް ދެލަނޑު ކާމިޔާބުކުރީ ޑެނިސް ރައެޓް އާއި ޖޭމްސް މެޑިސަންއެވެ. މިއީ އެންމެފަހުން ލެސްޓާކުޅުނު 31 މެޗުގެ ތެރެއިން މެޑިސަން ކާމިޔާބުކުރި ފުރަތަމަލަނޑެވެ. ރޭގައި މެޗުގައި އިހާނަޗޯ ޖެހި ދެލަނޑާއެކު މިސީޒަންގެ މުބާރާތުގައި އޭނަޖެހި ލަނޑުގެ އަދަދުވަނީ ތިނަކަށްއަރާފައެވެ. މިއީ 2016 ވަނައަހަރަށްފަހު ޔޫރަޕާރ ލީގްގެ ފުރަތަމަ ތިންމެޗު ލެސްޓާ ކާމިޔާބުކުރި ތިންމެޗު ކާމިޔާބުކުރި މެޗެވެ. މިއީ ބްރާގާއިން ގުރޫޕް ސެޓޭޖުގައި މިފަހުން ކުޅުނު ނުވަމެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ މެޗު. ރޭ މި ގުރޫޕްގައި އޭއީކޭ އެތެންސްއިން ވަނީ 4-1 ލަނޑުން ޒޮރްޔާ ބަލިކޮށްފައެވެ.

ތިން މެޗުން ތިން މޮޅު ހޯދައިގެން ލެސްޓާއިން 9 ޕޮއިންޓާއެކު ގުރޫޕް ޖީގެ އެއްވަނައިގަ އޮތްއިރު ބްރާގާ ދެވަނައިގަ އޮތީ 6 ޕޮއިންޓާއެކު އެތެންސްއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޒޮރްޔާއަކަށް އަދި ޕޮއިންޓެއް ނުލިބއެވެ.