ކުޅިވަރު

ޑޯޓްމަންޑް މޮޅުވެ އެއްވަނައިގަ އެއްޕޮއިންޓްގެ ލީޑެއް


ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބުރޫޝިޔާ ޑޯޓްމަންޑް މޮޅުވެ ގުރޫޕްގެ އެއްވަނައިގަ އެއްޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޑޯޓްމަންޑާއި ބެލްޖިއަމްގެ ބުރޫޖް ވާދަކުރި މެޗު ޑޯޓްމަނޑުން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ފުރަތަމަހާފްގައި ލަނޑުތައް ފެނިގެންދިޔަ މެޗުގެ، ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޑޯޓްމަންޑްގެ ތޯގަން ހަޒާޑްއެވެ. ފަހު ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ. އޭނާ ވަނީ ޑޯޓްމަންޑަށް ކުޅުނު 28 މެޗުގައި 26 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުން 14 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޭ މި ގުރޫޕްގައި އިޓަލީގެ ލާޒިޔޯ އާއި ރަޝިޔާގެ ޒެނިތު ވާދަކުރު މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މި ނަތިޖާއެކު ޑޯޓްމަންޑް ގުރޫޕް ކުރީގަ އޮތީ ތިންމެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. ލާޒިޔޯ ދެވަނައަގަ އޮތީ ފަސްޕޮއިންޓާއެކުގައެވެ. ތިންވަނާގައި ކުލަބް ބުރޫޖް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ފުލުގައި އޮތް ޒެނިތަށް ތިންމެޗުން ލިބެނީ އެންމެ ޕޮއިންޓެކެވެ.