ޚަބަރު

ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހެއްގެ ވީޑިއޯ އާންމުކޮށްފި


ފުލުހުން ތަޙްޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހެއްގެ ވީޑިއޯ އާންމުކޮށްފިއެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ވަގުތެއްގައި ތޫމް ރެސްޓޯރަންޓުގެ ބޭރުގައި ބަހައްޓާފައިހުރި ފިލާތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅުންހުރި ދެ މީހެކެވެ.

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.

ފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ ގިނަ މައްސަލަތައްދަނީ ރިޕޯޓްކުރަމުންނެވެ. މިގޮތުން ދާދިފަހުންވެސް މާލެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުމަށް މަސައްކަތްކުރި ބަޔަކުވެސް ފުލުހުން ވަނީ ހޯދައި ހައްޔަރުކޮށްފައެވެ.