ކުޅިވަރު

އަހަރަމެންނަށް އަދި ނުރައްކަލެއް ނެތް : ޓުޗެލް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ ލީޕްޒީގް އަތުން ބަލިވި ކަމުގައި ވިޔަސް އަދި ނުރައްކަލެއް ނެތްކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ ނަތިޖާގެ ސަބަބުން އޭނާ އެއްވެސް ވަރަށްކަށް ހާސްނުވާކަމަށާއި އެޓީމުން ކުޅުނީ ޖަރުމަނު ލީގުގައި މިވަގުތު ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމާދެކޮޅަށްކަމަށެވެ. އެޓީމު ވަރަށް ވަރުގަދަ ކަމަށާއި އެހެންނަމަމވެސް 2-0 ގެ ލީޑެއް މެޗުގައި ނަގަން ޕީއެސްޖީއަށް ފުރުސަތު ލިބުނުކަން ޓުޗެލް ފާހަގަކުރިއެވެ. އޭނާ ބުނީ މިފަދަ ނަތީޖާ ތަކުގެ ސަބަބުން ކުލަބާ ދެމެދު އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި ޕީއެސްޖީގައި މަސައްކަތް ކުރުމަށް އޭނާއި އޭނާގެ ޓީމަށް އޮތީ ވަރަށް އަމާން މާހައުލެއްކަމަށެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ކޯޗު ބުނީ އަދި ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު އެބެއޮތް ކަމަށާއި ޕީއެސްޖީން މަސައްކަތްކުރާނީ ކުރިޔަށްހުރި މެޗުތައް ކާމިޔާބުކުރަން ކަމަށެވެ. ރޭގައި ލީޕްޒިގް އަތުން ވިބައްޔާއެކު ޕީއެސްޖީ އޮތީ ގުރޫޕްގެ ތިންވަނައިގަ ތިންޕޮއިންޓާއެކުއެވެ.