ޚަބަރު

ފަރުވާދެމުންދާ އެކަކުގެ ހަށިގަނޑުގެ %22 ފިހިފައި-އޭޑީކޭ


ފަތުރުވެރިން
ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި އަލިފާންރޯވެ އެއިން ދަތުރުކުރި ގިނަބަޔަކު
ފިހިއްޖެ އެވެ.



ފުލުހުން
މައުލޫމާތު ދިން ގޮތުގައި  އެ ލޯންޗުން
ދަތުރުކުރި 23 މީހުންގެ ތެރެއިން 20 މީހަކަށް އައިޖީއެމްއެޗް ގައި ދަނީ
ފަރުވާދެމުންނެވެ. އަދި އޭޑީކޭގައި 3 މީހަކަށް ދަނީ ފަރުވާދެމުންނެވެ.



އޭޑީކޭގައި
ފަރުވާދެމުންދާ މީހުންގެ ތެރެއިން އަންހެނަކާއި ، ފިރިހެނަކާއި ، ފަސްއަހަރުގެ ކުޑަ
އަންހެން ކުއްޖަކު ހިމެނެއެވެ. އޭގެ ތެރެއިން އަންހެންމީހާގެ ހަށިގަނޑުގެ 22
އިންސައްތަ ފިހިފައިވާއިރު ، ފިރިހެންމީހާގެ 20 އިންސައްތަ އަދި ކުޑަކުއްޖާގެ
ހަށިގަނޑުގެ 10 އެއް އިންސައްތަ ފިހިފައިވާ ކަމަށް އޭޑިކޭ ހޮސްޕިޓަލުން
މައުލޫމާތުދެއެވެ. ނަމަވެސް އައި.ސީ.ޔޫ ގައި ފަރުވާދޭ ވަރަށް ހާލު ސީރިއަސް ނޫންކަމަށް
ޑޮކްޓަރުންނާއި ޙަވާލާދީ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.



އައިޖީއެމްއެޗުން
މައުލޫމާތުދިންގޮތުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކަކުގެ މޫނަށް ސީރިއަސް
ޒަޚަމްތަކެއް ވަނީ ލިބިފައެވެ. އެއީ ފަތުވެރިއެއް ކަމަށްވެސް އައިޖީއެމްއެޗުން
މައުލޫމާތުދެއެވެ.



މިހާދިޞާގައި
އައިޖީއެމްއެޗަށް ގެނެވުނު މީހުންގެ ތެރޭގައި 9 އަންހެނަކާއި ، 1 ކުޑަކުއްޖަކުވެސް
ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.



ހޮސްޕިޓަލަށް
ގެނުވުނު ހުރިހާ އެންމެނަށްވެސް އަލިފާނާއި ، ދުމުގެ އަސަރުކޮށްފައިވާތީ ދަނީ
ފަރުވާދެމުން. އެހެން ނަމަވެސް އެންމެންގެ ޙާލު ސްޓޭބަލް ކަމަށް ޑޮކްޓަރުންނާއި
ޙަވާލާދީ އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.



ހުޅުލެއިން
ފުރައިގެން ކަނިފިނޮޅު ރިސޯޓަށް ދަތުރުކުރި " ސުވެނިއަރ 18 " ނަމަކަށް
ކިޔާ މި ލޯންޗްގައި ދަތުރުކޮށްފައިވަނީ ޗައިނާގެ 13 ފަތުރުވެރިޔަކާއި ،
އިިިިންޑިއާގެ 2 ފަތުރުވެރިންނާއި ، ސްރީލަންކާ  1 ފަތުވެރިއަކާއި  ، ބަނގްލަދޭޝް ފަތުވެރިއެއްގެ އިތުރުން ޖަޕާންގެ
2 ފަތުވެރިޔަކާއި 1 ދިވެއްސެވެ.



ފުލުހުން ބުނިގޮތުގައި
މި އަލިފާނުގެ ޙާދިޞާގައި ލޯންޗް ވަނީ ބޭނުން ނުކުރެވޭވަަރަށް އަނދާ
ހުލިވެފައެއެވެ.



މި ޙާދިޞާ މެރިން
ޕޮލިސް އަދި ޓޫރިސްޓް ޕޮލިސް ގުޅިގެން ދަނީ ތަޙްޤީޤް ކުރަމުންނެވެ.