ކުޅިވަރު

މެޗު އުނދަގޫވާނެ، މިއީ ވަރަށް ބޮޑު އިމްތިހާނެއް: ކުލޮޕް


ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރަތުގައި އިޓަލީގެ އެޓްލާންޓާއާ ދެކޮޅަށް ނުކުންނައިރު މެޗު އުނދަގޫވާނެކަމަށާއި މީއީ ލިވަޕޫލްއަށް ކުރިމަތިވާ ބޮޑު އިމްތިހާނެއް ކަމަށް އެޓީމުގެ ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ކުލޮޕް ބުނީ އެޓްލާންޓާގައި އޮތީ ވަރަށް ރަނގަޅު ރެކްރޫޓްމެންޓް ޓީމެއް ކަމަށާއި އެޓީމަކީ އޯގައިނައިޒިން ރަނގަޅު ކުޅުންތެރިން ތިބި ޓީމެއްކަމަށެވެ. މިއީ މިމުބާރާތުގައި ލިވަޕޫލުން ކުރިމަތިލާ އެންމެ ގޮންޖެހުން ބޮޑު މެޗުކަމަށް ކުލޮޕް ބުންޏެވެ. އޭނާ ބުނީ އިނގިރޭސި ލީގުގައި ވާދަކުރާ ލީޑްސްގެ ކުޅުމާ އެޓްލާންޓާގެ ކުޅުމާ އެއްގޮތްކަމަށާއި އެހެން މެޗުގައި އެޓީމުގެ ފަރާތުން އުނދަގޫ ކުރިމަތިވާނެކަމަށެވެ.

މެޗަށް ނުކުންނައިރު އަމިއްލަ ފެންވަރު އެނގޭކަމަށްވެސް ކުލޮޕް ބުންޏެވެ. ސީޒަންގެ މިހާ ކުރީކޮޅު ގިނަ މުބާރާތްތަކުގައި ވާދަކުރަން ޖެހުމުން އެހުރިހާކަމަކަކަށް ފޯކަސް ހުއްޓިފައިވާކަމަށް ކުލޮޕް ބުންޏެވެ. މެޗަށް ނިކުންނައިރު ލިވަޕޫލް ގުރޫޕްގެ އެއްވަނައިގަ އޮތީ އެޓްލާންޓާއަށް ވުރެ ދެޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެޓްލާންޓާ ދެވަނައިގަ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.