ކުޅިވަރު

އިނގިރޭސި ލީގު ތާވަލުގެ ދެވަނައަށް ލެސްޓާ


އިނގިރޭސި ލީގުގައި ލީޑްސްޔުނައިޓެޑުގެ މައްޗަށްކުރި ހޯދާ ލެސްޓަރ ސިޓީ ތާވަލުގެ ދެވަނަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ލެސްޓާއިން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ލީޑު ނެގިއިރު ފުރަތަމަ ހާފްގައި ލެސްޓާ ވަނީ ދެލަނޑު ކާމކިޔާބު ކޮށްފައެވެ. މެޗުފަށައިގެން ދެވަނަ މިނިޓުގައި ވާޑީ ދިން ބޯޅައަކުން ހާވީ ބާންސް ލީޑުނަގައިދިން އިރު ލެސްޓާއިން މިހާފުގެ 21 ވަނަ މިނިޓުގައި ލީޑް އިތުރަށް ފުޅާކޮށްދިނީ ޔޫރީ ޓައިލެމަންސްގެ ލަނޑުންނެވެ. 121 ސިކުންތުގެ ތެރޭގައި ބާންސް ކާމިޔާބުކުރި ލަނޑަކީ ޝިންޖީ އޮކަޒާކީ 2017 ވަނަ 52 ސިކުންތުން ލަނޑުޖެހިފަހުން ލީގުގައި ޖެހި އެންމެ އަވަސް ލަނޑެވެ.

މެޗުގެ ދެވަނަހާފް ފަށައިގެން ތިންވަނަ މިނެޓްތެރޭ ލީޑްސްގެ ސްޓުވާޓް ޑަލްލާސް ވަނީ ލަނޑެއްޖަހާފައެވެ. ލެސްޓާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޖިމީވާޑީއެވެ. މިއީ އެނާ ލީގުގައި ކާމިޔާބުކުރި 110 ވަނަ ލަނޑެވެ. ލެސްޓާގެ ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރުވަގުތު ތެރޭގައި ލިބުނު ޕެނެލްޓީއަކުން ޓައިލެމަންސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭނާ ވަނީ ލެސްޓާއިން ލީގުގައި އެންމެފަހުން ރަށުން ބޭރުގައި ކުޅުނު ތިންމެޗުގައި ލަނޑުޖަހާފައެވެ.

ލީގުގައި އެންމެފަހުން ލެސްޓާއާ ކުރިމަތިލީ ހަތަރުފަހަރު ވެސް ލީޑްސްއަށް ވަނީ އެޓީމުގެ މައްޗަށް ކުރި ނުހޯދިފައެވެ. މިއީ ލީގުގައި 20 އަހަރުފަހުން ލީގުގައި ފުރަތަމަ ހަތްމެޗުން ލެސްޓާސިޓީ ހޯދީ އެންމެ ރަނގަޅު ނަތީޖާއެވެ.

މިއާއެކު ލެސްޓާއިން ވަނީ ލީގުގެ ކުރީގައި އޮތް ލިވަޕޫލްއަށް އެއްޕޮއިންޓް މަދުން ހޯދައިގެން ތާވަލުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ. ލީގުގައި ރޭ ފުލަމް ވަނީ އެޓީމުގެ ކުޅުނު މެޗު ކާމިޔާބުކޮށް ފުރަތަމަ މޮޅު ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅެ ފުލަމް މޮޅުވީ ވެސްޓްބްރޮމްއާ ވާދަކޮށް 2-0 ލަނޑުންނެވެ. މިނަތީޖާއެކު ފުލަމް އެއްޕޮއިންޓް އިތުރަށް ހޯދައިގެން ރެލިގޭޝަން ޒޯނުން ފެޔަށް ޖެހިލާފައެވެ.