ކުޅިވަރު

ލަނޑުޖެހުމުގައި އަދިވެސް މައްސަލަ އެބައުޅޭ: ގާޑިޔޯލާ


އިނގިރޭސިލީގުގައި ލަނޑުޖެހުމުގެ މައްސަލަ އަދިވެސް މެންޗެސްޓަރ ސިޓީގެ އުޅޭކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

އިއްޔެ ލީގުގައި ޝެފީލްޑް އަތުން ހޯދި މޮޅަށްފަހު ވާހަދައްކަމުން ގާޑިޔޯލާ ބުނީ ތިންޕޮއިންޓާއެކު މެޗު ނިންމާލެވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ މެޗަށް ނުކުތީ އެފަދަ ނަތީޖާއެއް ހާސިލުކުރުމަށް ވިސްނައިގެންކަމަށާއި އެކަންވުމުން އުފާވާކަމަށެވެ. އޭނާ ބުނީ މެޗުގައި ސިޓީން ދެއްކި ކުޅުން ގޯސްނޫންކަމަށެވެ. ގާޑިޔޯލާ ބުނީ ޓީމުން ފަހަތަށް ޖެހި ނުކުޅޭ ކަމަށާއި ލިބުނު ލީޑާއެކު ވެސް މެޗު ނިންމާލީ އެޓޭކަށް ވިސްނައިގެން ކުޅުނު ކުޅުމުންކަމަށެވެ.

މެޗުގައި ސިޓީއަށް ތިނެއް ނޫނީ ހަތަރު ގޯލު ޖެހެން ޖެހޭކަމަށާއި އަދިވެސް ލީގުގެ މެޗުތަކުގައި ލަނޑުޖެހުމަށް ސިޓީއަށް އުނދަގޫ ކުރިމަތިވާކަމަށް ގާޑިޔޯލާ ބުންޏެވެ. ރަށުން ބޭރުގައި ކުޅެ ތިންޕޮއިންޓާއެކު ބައިކޮޅަށް ލަނޑެއް ވައްދާނުލާ ނިންމާލެވުން އެއީ މެޗުން ހާސިލްވީ އެންމެ މުހިންމު ކަންތައްކަމަށް ގާޑިޔޯލާ ބުންޏެވެ.

ސިޓީ މި ހޯދި މުހިންމު މޮޅާއެކު އެޓީމުން ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ 8ވަނައަށް ކުރިޔަށްޖެހިލާފައެވެ.