ވިޔަފާރި

ދިރާގުން ބާއްވާ ޢީދު ޝޯ މާދަމާރޭ ރާޅުގަނޑު ސަރަހައްދުގައި


އަޟްހާ
އީދުގެ މުނާސަބަތުގައި ދިރާގުން ބާއްވާ "އީދު ޝޯ" ރާޅުގަނޑު ސަރަހައްދުގައި މާދަމާ
ރޭ އޮންނާނެއެވެ.  



ދިރާގުން ބުނީ މި ޝޯގައި ޖުމްލަ 4 ބޭންޑަކުން
ލަވަތައް ހުށަހަޅައިދޭނެ ކަމަށާއި އަދި ބޮޑުބެރުގެ ހަރަކާތްތައްވެސް ފެނިގެންދާނެ
ކަމަށެވެ.   



މި ޝޯގައި ލަވަތައް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ބޭންޑް ތަކަކީ ' ދި ޓިއުން' އާއި
'އަކުއަޓިކް ވައިބް'އާއި 'އަރުކާޑިއާ' އަދި 'މޫޝަން" ކަމަށް ދިރާގުން މައުލޫމާތުދެއެވެ. މި ޝޯވް ޓީވީއެމުން
ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.



މިއީ އަޟްހާ އީދު ފާހަގަކުރުމުގެ ދިރާގުން ބާއްވާ މިފަދަ
5 ވަނަ ޝޯއެވެ.



މިޝޯއަކީ ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނުންނަށް އެ
މީހުންގެ ހުނަރުވެރިކަން ދައްކާލާނެ ޕްލެޓްފޯމެއް ގާއިމުކޮށް ދިނުމުގެ ގޮތުން ބާއްވަމުން
އަންނަ ޝޯއެއް ކަމަށް ދިރާބުން ބުނެއެވެ.