ދީން

ފިތި ބާރުވެ 717 ހައްޖާޖީއަކު ނިޔާވެއްޖެ


މިނާގައި ހައްޖާޖީން ފިތި ބާރުވެގެންހިނގި ޙާދިސާއެއްގައި  717 ހައްޖާޖީއަކު ނިޔާވެއްޖެ ކަމަށް ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސް އިން ބުނެފިއެވެ.މި ހާދިސާގައި 800 އަށްވުރެ ގިނަ ހައްޖާޖީންނަށް އަނިޔާވެފައިވާ ކަމަށްވެސް ސައުދީ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.މި ހާދިސާގައި ދިވެހި އެއްވެސް ހައްޖާޖީއަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެއެވެ.