ކުޅިވަރު

ކީން އަދި ސަންގެ މޮޅުކުޅުމާއެކު ޓޮޓްނަމް މޮޅުވެއްޖެ



އިނިގިރޭސި ލީގުގައި ޓޮޓެންހަމް ރޭ މުހިންމު މޮޅެއް ހޯދައިފިއެވެ.

ލީގުގައި ކުޅުނު މެޗު ޓޮޓްނަމް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗުގެ ހަމަ އެކަނި ލަނޑު ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 76 ވަނަ މިނޓުގައި ހެރީ ކޭން ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެތެރެއަށް ފޮނިވާލައިގެން ސޮން މިން ހުންއެވެ. މިއީ މި ދެކުޅުންތެރިން އެކުވެގެން ޖެހި 29 ވަނަ ލަނޑެވެ. ދެކުޅުންތެރިން އެކުވެގެން މީގެ ކުރިން އެންމެ ގިނަ ލަނޑު ޖަހާފަވަނީ ޗެލްސީގެ މިހާރު ކޯޗު ފްރޭންކް ލަންޕާޑް އާއި ޑްރޮގްބާ ގުޅިގެންނެވެ.

ރޭގެ މެޗުގައި ބާންލީގެ އެޝްލީ ބާނޭސް ލެނޑެއް ޖެހިނަމަވެސް އޭނާ އެލަނޑު ޖެހިއިރު އޮފްސައިޑުގައި ހުރުމުން ރެފްރީވަނީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ. ރޭގެ މެޗުގައި ޖެހި ލަނޑާއެކު ސައުތް ކޮރެއާގެ ސަންވަނީ 8 ލަނޑާއެކު މި ސީޒަނުގެ ލީގުގެ ލަނޑު ލިސްޓުގެ ކުރިޔަށްޖެހިލާފައެވެ. ދެވަނައިގައި އޮތީ އޭނާ އަށްވުރެ އެއް ލަނޑު މަދުން ޖަހައިގެން އެވަޓަންގެ ޑޮމިނިކް ކުލައިވެޓް ލެވިންއެވެ. ރޭގައި ލީގުގައި ބްރައިޓަން އާއި ވެސްޓް ބްރޮމްވިޗް އެލިބިއަން ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ރޭގައި ޓޮޓެންހަމުން ހޯދި މުހިންމު މޮޅާއެކު އެޓީމްވަނީ ލީގުގެ ފަސްވަނައަށްކުރިޔަށް ޖެހިލާފައެވެ. ޓޮޓްނަމްއަށް ވަނީ 6 މެޗުން 11 ޕޮއިންޓް ލިބިފައެވެ. ބާންލީ އޮތީ 1 ޕޮއިންޓާ އެކު ލީގުގެ ފަހަތުން ދެވަނައިގަ ރެލިގޭޝަން ޒޯނުގައެވެ.