ޚަބަރު

23 އެތުލީޓުންނާއެކު ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް މާދަމާ ފަށަނީ


‎ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގައި ޖުމްލަ 23 އެތުލީޓުން ބައިވެރިވެއްޖެއެވެ.

‎މާދަމާ ފަށާ މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 21 ގެ ނިޔަލަަށް މާލެ ވަރުނުލާ ރާޅުގަނޑުގައެވެ.

‎ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2025 ގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 އާއި ހަމައަށް ހުޅުވާލާފައިވާއިރު މި މުބާރާތުގައި މެންސް އޯޕަން އާއި ޖޫނިއާ މެންސް އަދި ޑްރޮޕްނީ އިވެންޓް ކުރިޔަށްދާނެއެވެ.

މެންސް އޯޕަންގައި 23 އެތުލީޓުން ބައިވެރިވާއިރު ޖޫނިއާރ މެންސް އިވެންޓްގައި 9 އެތުލީޓުން ވާދަކުރާނެއެވެ. އަދި ޑްރޮޕްނީ އިވެންޓްގައި 9 އެތްލީޓުން ވާދަކުރާނެއެވެ.

‎މިއީ މި މުބާރާތް ބާއްވާ ހަތްވަނަ އަހަރެވެ. މިއީ ރާއްޖޭގައި އެންމެ ދުވަސްވީ ބޮޑީބޯޑިން މުބާރާތެވެ. މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ‎މިދިޔަ އަހަރުވެސް ވަރަށް ފޯރީގައި މި މުބާރާތް ކުރިޔަށް ގެންދިޔައެވެ.

މިދިޔަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖްގައި 28 އެތުލީޓުން ވާދަކުރިއެވެ.