ޚަބަރު

ވިލާކޮލެޖުގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައި ދިނުމަށް 6 އިންސްޓިޓިއުޓަކާއިއެކު އެއްބަސްވުން ޤާއިމުކޮށްފި


ވިލާކޮލެޖުގައި ކައުންސިލިންގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ޢަމަލީ ތަމްރީން ދިނުމަށް ރާއްޖޭގައި ސައިކޮލިޖީގެ ދާއިރާއިން މަސައްކަތްކުރާ 6 އިންސްޓިޓިއުޝަނަކާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ވިލާ ކޮލެޖުން ކިޔަވާ ދަރިވަރުންގެތެރެއިން ބެޗެލަރސް އޮފް ސައިކޮލިޖީގެ ޢަމަލީ ތަޖުރިބާ ފުރިހަމަކުރާ ފުރަތަމަ ބެޗުގެ ދަރިވަރުން، ތަމްރީންތައް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މި ދަރިވަރުންނަށް ޢަމަލީ ތަމްރީން ދިނުމަށް އެއްބަސްވުން ހަދާފައި ވަނީ، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސެސް، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން، އިންސްޓިޓިއުޓް ފޯރ ކައުންސިލް އެންޑް ސައިކޯ ތެރަޕީ ޕްރައިވެޓް ލިމިޓެޑް، މޯލްޑްވިސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސަރވިސެސް ޓްރެއިނިންގ އެންޑް ރިސަރޗް އަދި ސައިމާ ކެއަރއާއި އެކުއެވެ.

މި އެބަސްވުމުގެ ދަށުން، ކުލާހުގައި ދަރިވަރުން ކިޔެވި ފިލާވަޅުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ފުރިހަމައަށް އުނގެނުމަށް މަގުފަހިވެގެންދާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ. އަދި ތަޖުރިބާ ލިބި މަސައްކަތުގެ މައިދާނުގައި ލުއިފަސޭހަތަށް ލިބިގެންދާނެކަމަށްވެސް އެ ކޮލެޖުން ބުނެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާއި، މި ދާއިރާއިން އިތުރަށް މީހުން ބިނާކުރުމުގެ މުހިންމުކަން އެ އިންސްޓިޓިއުޝަންތަކުން ފާހަގަކޮށްފައި ވެއެވެ.