ވިޔަފާރި

ކަސްޓަމަރކެއަރއާއި "ލައިވް ޗެޓް" ކުރެވޭ ޚިދުމަތެއް ތައާރަފްކޮށްފި


މައި
އުރީދޫ މޮަބައިލް އެޕްލިކޭޝަން މެދިވެރިކޮށް ކަސްޓަމަރކެއާގެ މުވައްޒަފުންނާއި
"ލައިވް ޗެޓް" ކުރެވޭ ޚިދުމަތެއް އުރީދޫން ތައާރަފްކޮށްފިއެވެ.



އުރީދޫއިން
ބުނީ އުރީދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ތަޢާރަފްކުރި
އާކުރިއެރުންތަކުގެ ތެރޭގައި ހިމެނޭ މި ޚިދުމަތް މިހާރު އެންޑްރޮއިޑް
ބޭނުްކުރައްވާ ފަރާތްތަކަށް ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ
ކަމަށާއި އަދި އައިއޯއެސް ބޭނުންކުރައްވާ ފަރާތްތަކަށް އެފް ސްޓޯރ އިން ކުރިއަށް
އޮތް ހަފްތާ ތެރޭގައި މި އަޕްޑޭޓް ޑައިންލޯޑް ކުރެވޭނެ ކަމަށެވެ.





އުރީދޫގެ
ކަސްޓަމަރުންނަށް ޙިދުމަތްދެއްވައި މުއާމަލާތު ކުރުމަށްޓަކައި ބޭނުންކުރާ
އެކުންފުނީގެ މޮބައިލް އެޕްލިކޭޝަން، ސޯޝަލް މީޑިއާ އަދި އަލަށް
ތަޢާރަފްކޮށްފައިވާ ލައިވް ޗެޓްގެ ޚިދުމަތް މައި އެއް ޕްލެޓްޕޯމްއެއްގައި ގުޅުވާލައިދިނުމާއިއެކު
ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއެންސް އަށް
ގެނެސްފައިވާ އިތުރު ބަދަލްތަކުގެ ތެރޭގައި ކޮންމެ ތާކު ހުރެގެންވެސް
ކަސްޓަމަރަކަށް އެންމެ ފަސޭހަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެެއް ބޭނުންކޮށްގެން، އެ
ބޭފުޅެއްގެ އެކައުންޓް މެނޭޖްކުރުމުގެ ޚިދުމަތްވެސް އުރީދޫއިން ވަނީ
ތަޢާރަފްކޮށްފައެވެ.



އުރީދޫއިން ބުނީ ޑިޖިޓަލް މާހައުލުގައި އުރީދޫގެ
ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާތައް ރަނގަޅު ކުރުމަށްޓަކައި ގެނެވިފައިވާ މި
ކުރިއެރުންތަކަށް އެއްބާރުލުންދެއްވާފައި ވަނީ ޑިޖިޓަލް ކަސްޓަމަރ އެންގޭޖްމެންޓް
ސޮފްޓްވެއަރ ފޯރުކޮށްދިނުމުގެ ކުރީ ސަފުގައި އުޅުއްވާ ޑިމެލޯ ކަމަށެވެ.