ޚަބަރު

ޤާއުމީ ދިފާޢީ ބާރުގެ 3 ބޭކަލަކު ކާނަލްގެ މަޤާމަށް ޕްރޮމޯޓްކޮށްފި


ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތުގައި ތިއްބެވި 3 ބޭކަލަކު ކާނަލްގެ މަޤާމަށް ޕްރޮމޯޓްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ކާނަލްގެ މަޤާމަށް ޕްރޮމޯޓްކުރި 3 ބޭކަލުންނަކީވެސް ލެފްޓިނަންޓް ކާނަލްގެ މަޤާމުގައި ތިއްބެވި ތިން ބޭކަލުންނެވެ. ކާނަލްގެ މަޤާމަށް ޕްރޮމޯޓުކުރީ ލެފްޓިނަންޓް ކާނަލް އަޙްމަދު ނަޝީދުއާ، ލެފްޓިނަންޓް ކާނަލް ޙަސަން ޝާހިދު އަދި ލެފްޓިނަންޓް ކާނަލް އިސްމާޢީލް ނަޞީރުއެވެ.