ވިޔަފާރި

މަންޓާ އެއަރއިން ކުޑަހުވަދޫއަށް އަލުން ދަތުރުތައް ފަށައިފި

މަންޓާ އެއަރއިން ދ.ކުޑަހުވަދޫއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށައިފިއެވެ.

މަންޓާ އެއަރއިން މައުލޫމާތުދޭގޮތުގައި ހަފްތާއަކު 4 ދަތުރު އެ އެއަރލައިނުން ދ. ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ ދާލު އެއަރޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައްކުގެ އަދަދު އިތުރުކުރާނެކަމަށް ވެސް މަންޓާ އެއަރއިން މައުލޫމާތުދެއެވެ.

ކޯވިޑް-19 އާއި އެކު ވައިގެ ދަތުުރުފަތުރުތައް ހުއްޓުމަކަށް އައުމުން އެއަރލައިނުން ކުރަމުން އައި ދަތުރުތައްވެސް ވަނީ ހުއްޓާލާފައެެވެ. އޭރު އެއަރލައިނުން އައީ ކުޑަހުވަދޫގެ އިތުރުން ކޫއްޑޫއަށާއި، ދަރަވަންދޫއަށް ދަތުުރުތައް ބާއްވަމުންނެވެ.

މަންޓާ އެއަރގެ ދަތުރުތައް ފަށާފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ވައިގެ އުދުހުންތަކުގެ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކުންފުނިން ވަނީ ޙިދުމަތް ފުޅާކޮށްފައެވެ. އެގޮތުން މަންޓާ އެއަރއިން ދަނީ ސީޕްލޭންގެ ޙިދުމަތްވެސް ދެމުންނެވެ.