ޚަބަރު

ދ. ކުޑަހުވަދޫގައި ފުލުހުން ޚާއްސަ އޮޕރޭޝަނެއް ފަށައިފި


ދ. ކުޑަހުވަދޫގައި ޢީދު ބަންދާއި ދިމާކޮށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 48 އުޅަނދެއް ބަލައި ފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި އެއް ފަރާތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

 ފުލުހުން
ބުނީ ކުޑަހުވަދޫގައި ޚާއްސަ އޮޕަރޭޝަން ހިންގަނީ ޢީދާ
ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރަމުންދާތީ، ކުށްމަދުކޮށް
ރައްޔިތުންނަށް އަމާން މާހުލެއް ޤާއިމްކޮށް ދިނުމަށް ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި، މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އުޅަނދުތައް ބަލައި
ފާސްކުރުމާއި ތުޙުމަތުކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ އިތުރުން، ރަށުތެރެ
ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގެ ސަަލަމާތީ
ކަންކަން ހުރި ގޮތްވެސް ބަލަމުންދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.