ޚަބަރު

ކަރަންޓު ކެނޑުމުން ޕީއެސްއެމްގެ ބައެއް އިކުއެޕްމަންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ


މިއަދު މާލެއިން ކަރަންޓު ކެނޑުމާގުޅިގެން ޕީއެސްއެމްގެ ބައެއް އިކުއެޕްމަންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު މާލެއިން ކަރަންޓު ކެނޑުނު ވަގުތުތަކުގައި ޕީއެސްއެމްގެ ހުރިހާ ޗެނަލްއެއްގެ ޓްރާންސްމިޝަންތައްވެސް ހުއްޓުމަކަށް އައެވެ. ޕީއެސްއެމްއިން ވިދާޅުވީ މާލެއިން ކަރަންޓް ދިއުމާ ގުޅިގެން ކުންފުނީގެ ޗެނަލްތަކުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ބައެއް މުހިންމު އިކުއިޕްމަންޓްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި ޚާއްސަކޮށް ބެކްއަޕްގެ ގޮތުގައި ބޭނުންކުރާ ގިނަ އިކުއިޕްމަޓްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެ ކުރިންވެސް މާލެއިން ކަރަންޓް ގޮސްފިނަމަ ޕީއެސްއެމްގެ ޚިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި ވަކި ވަގުތެއް ވަންދެން ބެކްއަޕް ސިސްޓަމް ބޭނުންކޮށްގެން އަންނަނީ ޚިދުމަތްދެމުންނެވެ.

ކަރަންޓު ކެނޑުމުން ދިމާވެދާނެ ކަންކަން ހައްލުކޮށް ހުއްޓުމެއްނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެޅިދާނެ ފިިޔަވަޅުތަކާއި ގުޅޭ ގޮތުން ޕީއެސްއެމްއާއި ސެޓެލްކޯއާއި އެކު އަންނަނީ މަޝްވަރާކުރަމުންނެވެ.

ކަރަންޓް ދިނުމުގައި މިއަދު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ މުޅި މާލެއިން ކަރަންޓް ގޮސްފައިވަނީ ހެނދުނު 8:10 ހާއިރުގައެވެ. މި މައްސަލަ ޙައްލުކޮށް މުޅި މާލެއަށް ކަރަންޓު އަލުން ފޯރުކޮށް ދެވުނީ މެންދުރު 13:10 ހާއިރުއެވެ.