ޚަބަރު

އަނިޔާވެރި އަމަލުތަކާ ދެކޮޅު އދ.ގެ ކޮމެޓީއަށް ފަނޑިޔާރު ޝުޖޫން


އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ)އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން އިންތިޚާބް ވެއްޖެއެވެ.

މިއީ މި ކޮމިޓީއަށް ޝޫޖޫން އިންތިޚާބްވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2011ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށްވެސް ޝުޖޫންވަނީ މި މަޤާމް ފުރުއްވާފައެވެ. އެ ކޮމެޓީއަށް މެމްބަރުން އިންތިޚާބު ކުރަނީ ތިން އަހަރުގެ ދައުރަކަށެވެ. އަލަށް އިންތިޚާބުކުރި މެމްބަރުންގެ ދައުރު ފެށޭނީ އަންނަ އަހަރު އެވެ.

އެކި ގައުމުތަކުން 12 މެމްބަރުން އިންތިޚާބު ކުރި މި ކޮމިޓީއަކީ އދ.ގެ އެސްޕީޓީ އަކީ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ގެ ދަށުން އިންތިޚާބުކުރާ ކޮމެޓީއެކެވެ.

އެ ކޮމެޓީއަށް ޝުޖޫން އިންތިޚާބުވެ ވަޑައިގަތީ ސްވިޒަލެންޑްގެ ޖެނީވާގައި ބޭއްވި އިންތިޚާބުގައި ކުރިމަތިލެއްވި 19 ކެންޑިޑޭޓުންގެ ތެރެއިންނެވެ.