ދީން

ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެ


ނޭވާލާ ނިޒާމަށް ދިމާވި މައްސަލަ އަކާއި ގުޅިގެން، ސައުދީ އަރަބިއްޔާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެއެވެ.ނިޔާވެފައިވަނީ އދ.މަހިބަދޫ، އުމުރުން 77 އަހަރުގެ ޤާސިމް މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.މި މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މީގެ 3 ދުވަސްކުރިން ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ހައްޖު މިޝަން އާއި ހައްޖު ކޯޕަރޭޝަން ގުޅިގެން މި މީހާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.