ކުޅިވަރު

ޗެމްޕިއަންސް ލީގު: ސިޓީ އަށް ރަނގަޅު ފެށުމެއް


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ ޕޯޗުގަލްގެ އެފްސީ ޕޯޓޯއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ފަށައިގެން ސާދަ ވަނަ މިނެޓުގައި ތެރޭގައި ޕޯޓޯއިން ލަނޑެއް ޖަހާ މެޗުގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑައިޒްއެވެ. ޕޯޓޯއިން ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ލިބުނު ޕެނަލްޓީގައި ސިޓީގެ ސާޖިއޯ އަގުއޭރޯ ވަނީ ނަތިޖާ ހަމަހަމަކޮށްފައެވެ. މިއީ ޖެނުއަރީ މަހުގެފަހުން މުބާރަތުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެއެވެ. އަދި މިއީ މުޅި މުބާރާތުގައި އެނާ ކާމިޔާބުކުރި 40 ވަނަ ލަނޑެއެވެ.

ސިޓީން މެޗުގައި ލީޑް ނެގީ ދެވަނަ ހާފްގައި އިކޭ ގުންޑޮގާން ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގައި ސިޓީއަށް ލީޑް އިތުރަން ފުޅާކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައި ފެރަން ޓޮރޭސް ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުގައި ސިޓީގެ ކޯޗު ގާޑިއޯލާއަށް ކުރިމަތިވި ނުތަނަވަސްކަމަކީ ކެޕްޓަން ފެނާންޑީނިއޯއަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހުމެއެވެ.

ކެވިން ޑިބްރެއިނާ، ގެބްރިއަލް ޖެސުސް، ނަތަން އަޔެކް ، ބެންޖަމިން މެންޑީ އަދި އެމްރިކް ލަޕޯޓޭ އަށް ރޭގެ މެޗުގައި ގާޑިއޯލާގެ ޓީމުން ފުރުސަތު ދީފައެއްނުވެއެވެ. ބެލޭވޭ ގޮތުގައި މި ކުޅުންތެރިންނަށް ހަފްތާ ބަންދުގައި އޮންނަ ލީގު މެޗުތަކުން ފުރުސަތު ދޭނެއެވެ.

ރޭ މިގުރޫޕްގައި ގްރީސްގެ އޮލިންޕިއާކޯސް އާއި ފްރާންސްގެ އޮލިންޕިކް ލިއޯން ވާދަކުރި މެޗު 1-0 އިން ކާމިޔާބުކުރީ އޮލިންޕިއާކޯސްއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޮލިންޕިއާކޯސްއިން ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތު ތެރޭގައެވެ.