ކުޅިވަރު

ޕޮއިންޓެއް ލިބުނަސް ނަތީޖާއާމެދު ހިތްހަމައެއް ނުޖެހޭ: ލަމްޕާޑް


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ސެވިއްޔާ ވާދަކޮށް އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވުމަކީ ހިތްހަމަޖޭ ނަތީޖާއެއް ނޫންކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.

ލަމްޕާޑު ބުނީ މެޗުގައި ޗެލްސީ ކޮޅަށް ގޯލެއް ނުވަދެ ނިންމާލުމަކީ ނަސީބެއް ކަމަށާއި އޭގެ ހުރިހާ ޝުކުރެއް އޮތީ މެޗުގައި މޮޅުކުޅުމެއް ދެއްކި އޭނާގެ އެޑުވާޑް މެންޑީއަށް ކަމަށެވެ. ލަމްޕާޑު ބުނީ މެންޑީއަކީ އެނާގެ އެއް ނަންބަރު ކީޕަރު ކަމަށާއި އޭނާގެ އެފެންވަރު ހުރިކަން މި މެޗުން އެކަނިވެސް ސާބިތުކޮށްދީފިކަމަށެވެ.

ލަމްޕާޑު ބުނީ ސެވިއްޔާއަކީ ޔޫރަޕުގެ ވަރުގަދަ ޓީމެއް ކަމަށާއި އެޓީމު ކައިރާގައި ޕޮއިންޓަކުން ފުއްދާލުމަކީވެސް ބޮޑުވަރުކަމަށެވެ. ލަމްޕާޑުވަނީ މެޗުން ވަރަށް ގިނަ ރަނގަޅު ކަންކަން ޗެލްސީއަށް ހާސިލުކުރެވުނުކަން ފާހަގަކޮށްފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ޗެލްސީ ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.