ކުޅިވަރު

މިނަތީޖާއިން ކޮންފިޑެންސް އިތުރުވެއްޖެ: ކޫމަން


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފެރެންސްވަރޯސް އަތުން 5-1 އިން މޮޅުވެ ހޯދި ނަތީޖާގެ ސަބަބުން ޓީމުގެ ކޮންފިޑެންސް އިތުރުވެގެން ހިނގައްޖެކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޫމަން ބުނީ މެޗުގައި ޕީކޭއަށް ދިން އަދަބު މާބޮޑު ކަމަށާއި އޭއީ ރަތް ކާޑު ދައްކަންޖެހޭ ކަހަލަ ވަގުތެއް ނޫންކަމަށެވެ. ޕީކޭއަށް ދެއްކި ރަތްކާޑުގެ ސަބަބުން އަންނަ ހަފްތާގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އޭނާ ބުނީ މެޗުން ހޯދި ނަތީޖާގެ ސަބަބުން ހަފްތާ ބަންދުގައި އޮންނަ އެލްކްލެސިކޯ މެޗުގައި އެކަމުގެ ރަނގަޅު އަސަރު ފެންނާނެކަމަށެވެ.

ކޫމަން ބުނީ މިމެޗުގައި ބާސެލޯނާ ދެއްކި ކުޅުން ރަނގަޅުކަމަށާއި އޭނާ ބޭނުންވި ގޮތަށް މުޅި ޓީމުން ވެސް މެޗުގައި ކުޅުނުކަމަށެވެ. ކޫމަން ބުނީ މިޓީމާއެކު އަދި އެހާގިނަ ކަންތައްތަކަށް އޭނާ އުއްމީދުނުކުރާކަމަށާއި ކުރިމަތިލާ ކޮންމެ މެޗަކީ ކާމިޔާބު ނުވެދާނެ މެޗެއްކަން ގަބޫލްކުރަންޖެހޭކަމަށެވެ. އެކަމަށްޓަކައި އަދިވެސް ޓީމުގައި ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށް ބާސެލޯނާގެ ކޯޗު ފާހަގަކުރިއެވެ.