ކުޅިވަރު

މިއީ ކުޅުންތެރިންވި ވަރަށް ބޮޑު ގުރުބާނީއެއް: އިންޒާގީ


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ބްރޫޝިޔާ ޑޯޓްމަންޑް އަތުން ހޯދި މޮޅަކީ ކުޅުންތެރިވި ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ލާޒިއޯ ކޯޗު ސިމިއޮނީ އިންޒާގީ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިންޒާގީ ބުނީ މި ނަތީޖާ ހާސިލު ކުރެވުނީ ކުޅުންތެރިން ކުރި ހިތްވަރުން ކަމަށާއި ކޮންމެ ކުޅުންތެރިޔަކުވެސް އިތުރަށް މަސައްކަތް ކުރިތަން ފެނުނުކަމަށެވެ. އޭނާ ބުނީ މި މެޗުގެ ކުރިން ލީގުގައި ސަމްޕްޑޯރިއާ އަތުން ބަލިވުމަކީ މި މެޗަށް ހޭލަން ކުޅުންތެރިންނަށް ލިބުނު ރަނގަޅު ސިގްނަލެއް ކަމަށެވެ.

އިންޒާގީ ބުނީ ހުރިހާ ކުޅުންތެރިން އެކުވުމުން ލާޒިއޯގެ ވަރުގަދަ ކުޅުން ފެނިއްޖެކަމަށެވެ. މިމެޗުން ޑޯޓްމަންޑް ބަލިވިކަމުގަވިޔަސް އެޓީމަކީ މިގުރޫޕްގެ ފޭވަރިޓުން ކަމަށާއި ބުރޫޖުންވެސް ނުރައްކާ ކޮށްފާނެކަމަށެވެ. މިއީ 12 އަހަރު ފަހުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ މެޗަކުން ލާޒިއޯ މޮޅުވި ފުރަތަމަ ފަހަރެއެވެ.