ޚަބަރު

ކަނޑުދަތުރު ކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅުއަޅަނީ


މޫސުމާއި ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީއިންނާއި، އެމްއެންޑީއެފް ކޯސްޓް ގާޑު ފަދަ މުވައްސަސާތަކުން ކުރައްވާ އިލްތިމާސް ތަކަށް ބެލުމެއް ނެތި ދަތުރުކުރުމުގެ ސަބަބުން ހިނގާ ހާދިސާތައް ތަހްގީގް ކޮށް އިހްމާލްވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.އެމިނިސްޓްރީން ކުރައްވާފައިވާ އިޢުލާންގައިވާ ގޮތުން ޤަވާއިދާ ހިލާފްވާ ކެޕްޓަނުންނާއި ނެވިންގެ ލައިސަންސް ހިފެހެއްޓުމާއި، އުޅަނދުފަހަރުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓް ކުރައްވާ ފަރާތްތަކާ ދޭތެރޭގައިވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.ޢީދު ބަންދަކީ ގިނަ ޢަދަދަކަށް ކަނޑުމަގުން ޗުއްޓީ ދަތުރުތަކުގައި މީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ދުވަސްވަރަކަށްވާތީ، ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ދަތުރުކުރާ އުޅަނދުފަހަރަކީ ސަލާމަތީ ކަންކަން ފުރިހަމަވެފައިހުރި އުޅަނދުފަހަރުތޯ ރަނގަޅަށް ބެއްލެވުމަށްފަހު ދަތުރުކުރެއްވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކުރައްވައެވެ.