ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 39 މީހުން، 33 މީހުން ބަލިން ރަނގަޅުވި


ރާއްޖެއިން އިތުރު 39 މީހުން ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

ހޯމަ ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން، އަންގާރަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 38 މީހުންނެވެ. އަދި އަތޮޅުތަކާއި ރިޒޯޓްތައް ހިމެނޭގޮތަށް އެކަކުވަނީ ބައްޔައް ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ޕޮސިޓިވި 39 މީހުން ގެތެރޭގައި ހިމެނެނީ 33 ދިވެހިންނާއި، 6 ބިދޭސީންނެވެ. އަލަށް ޕޮސިޓިވްވި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 11271އަށް އަރައެވެ.

ހޯމަދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން، އަންގާރަދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 33 މީހުންނެވެ. މިއާއިއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 10201އަށް އަރާފައެވެ.

މިވަގުތު ކޯވިޑް19ގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 993 މީހުން އެބަތިއްބެވެ. މި މީހުންގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 354 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދަކީ 45 އެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 37 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ. ކޯވިޑަށް ޓެސްޓުހެދުމަށް ވޭތުވެދިޔަ 24 ގަޑިއިރު 1367 ސާމްޕަލް ވަނީ ނަގާފައެވެ.

މިވަގުތު ކޯވިޑް19އަށް ޕޮސިޓިވް މީހުން، މީހުން ދިރިއުޅޭ 21 ރަށެއްގައި އެބަތިއްބެވެ. އަދި 18ރިސޯޓެއްގައި 15 ފަތުުރުވެރިންނާއި، 26 މުވައްޒަފުންވެސް ބައްޔަށް ޕޮސިޓިވްވެފައި އެބަތިއްބެވެ.

އަތޮޅުތަކުގައި ތިބީ ކޯވިޑް-19އަށް ޕޮޒިޓިވް 76 މީހުންނެވެ. އެއީ 72 ދިވެހިންނާއި، 4 ބިދޭސީންނެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެތެރޭގައި އަލާމާތްތައް ހުރެގެން ޓެސްޓުކުރިއިރު ޕޮޒިޓިވްވި ދެމީހުންނާއި، ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވްވި 2 މީހުންނާއި، ބަލިމީހުންނާއި ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި 44މީހުންގެ އިތުރަށް ފުރަބަންދުގައި ތިބި 28 މީހުން ހިމެނެއެވެ.

އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ށ.ފުނަދޫ ކޯވިޑް ފެސިލިޓީގައި ދަނީ އެކަކު އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ލޯކަލް ޓްރާންސްމިޝަނެއް ކަނޑައަޅައި، މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ ހދ.ކުޅުދުއްފުށި އެކަންޏެވެ.