ޚަބަރު

މަރުވެ ގިނަދުވަސްވެފައި އޮތް މީހަކު ފެނިއްޖެ


މަރުވެ ގިނަދުވަސްވެފައިވާ އުމުރުން ދުވަސްވީ މީހެއްގެ ހަށިގަނޑު ގަލޮޅު ކޯބިންއިން ފެނިއްޖެއެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން ހަތްދިހަ ހަތް އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އޭނާ ފެނުނީ ގަލޮޅު ކޯބިން ގޭގެ ކޮޓަރިއެއްގެ ތެރޭގައިކަމަށާއި، ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާކަމަށެވެ. ނަމަވެސް ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެމީހާގެ ހަށިގަނޑު މިހާރު ގަލޮޅު މޯޗަރީއަށް ގެންގޮސްފައިވާއިރު، މިމައްސަލަ ތަހްޤީޤްކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.