ކުޅިވަރު

ޑޯޓްމަންޑަކީ ޔޫރަޕުގެ ގަދައަށެއްގައި ގުނާލެވޭ ޓީމެއް: އިންޒާގީ


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ސްޓޭޖުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑާ ދެކޮޅަށް ނުކުންނައިރު އެޓީމަކީ މިވަގުތު ޔޫރަޕުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށް ލާޒިއޯގެ ކޯޗު ސިމިއޯނީ އިންޒާގީ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން އިންޒާގީ ބުނީ މުބާރާތުގައި އެހާ ދުވަސް ފަހުން ލާޒިއޯއިން ވާދަކުރާއިރު މުބާރާތުގެ ފެށުން ރަނގަޅުކުރަން ބޭނުންވާކަމަށެވެ. މިމެޗާ ހަމައަށް ކުލަބުން ވަރަށް ދިގު އިންތިޒާރެއްކޮށްފި ކަމަށާއި ލާޒިއޯގެ ވަރުގަދު ކުޅުން މިރޭ ޑޯޓްމަންޑަށް ދައްކަންޖެހޭ ކަމަށް އިންޒާގީ ބުންޏެވެ. ލީގުގައި އެންމެފަހުން ސަމްޕްޑޯރިއާ އަތުން 3-0 އިން ބަލިވި މެޗުގައި ދެއްކުނީ އަސްލު ކުޅުން ނޫންކަމަށާއި މިޗުގައި ލާޒިއޯގެ ކުޅުން ތަފާތުވާނެ ކަމަށް އިންޒާގީ ބުންޏެވެ.

އޭނާ ބުނީ ގިނަ އަހަރުތަކެއްގައި ޔުރޮޕާ ލީގުގައި ވާދަކުރުމަށްފަހު ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުމުން މިވަގަތު އޭނާއަށް ތަފާތު އިހްސާސްތަކެއް ކުރެވޭ ކަމަށެވެ. ފުރަތަމަ މެޗާ ކުރިމަތިލާއިރު އިންޒާގީ ބުނީ ވާދަވެރިންނަކީ ޔޫރަޕުގެ މޮޅެތި ޓީމުތަކުގެ ތެރެއިން ޓީމެއް ކަމަށާއި އެޓީމުގައި މޮޅެތި ކުޅުންތެރިންވެސް ތިބިކަމަށެވެ. އެހެންކަމުން މެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށް ވެސް އެނާ ބުންޏެވެ.

މިއީ 13 އަހަރު ފަހުން ލާޒިއޯ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ވާދަކުރާ ފުރަތަމަ ފަހަރެއެވެ.