ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވާނީ ކައުންސިލް އިންތިޚާބުގެ އެއްމަސްފަހުން


އެމްޑީޕީގެ ދާއިރާތަކުގެ ކައުންސިލް އިންތިޚާބުގެ ބާއްވާނީ ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާތާ އެއްމަސްފަހުންކަމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ރޭ ތާޖުއްދީން ސްކޫލްގެ ހޯލްގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 171ވަނަ ބައްދަލުވުމުގައި ދާއިރާތަކުގެ އިންތިޚާބު ބޭއްވުމާ ގުޅޭގޮތުން ބަހުސްކުރުމަށްފަހު ފާސްކޮށްފައިވަނީ އަންނަ އަހަރުގެ މާޗްމަހު ބާއްވަން އިއުލާންކޮށްފައިވާ ކައުންސިލް އިންތިޚާބު ބާއްވާތާ އެއްމަސް ދުވަސްފަހުން އެއިންތިޚާބު ބޭއްވުމަށެވެ. މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިމިވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގައި ތިއްބަވާ ދާއިރާތަކުގެ މެންބަރުންގެ ދައުރުގެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހަށް ހަމަވާއިރު، ކޯވިޑް-19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބުވެސް އަންނަ އަހަރަށް ފަސްކޮށްފައިވަނިކޮށެވެ.

މި ބައްދަލުވުމުގައި ވަނީ މިހާރު އިންތިޚާބް ވެފައިވާ ދާއިރާތަކުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުއްދަތު ހަމަވާތީއެވެ. މިއާއެކު ކައުންސިލް އިންތިޚާބް ބާއްވައި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބް ބޭއްވުމާއި ހަމައަށް މިހާރު ދާއިރާތައް ތަމްސީލް ކުރައްވާ ބޭފުޅުން ތިއްބަވާނެއެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗްމަހުގެ ކުރީކޮޅު ބޭއްވުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.