ޚަބަރު

ކޯވިޑް-19ގެ ހޮޓްލައިނަށް ދިމާވި މައްސަލަ ހައްލުކޮށްފި


ކޯވިޑް-19ގެ ހޮޓްލައިނަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ފަށައިފިއެވެ.

ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކޯވިޑް ހޮޓްލައިން 1676ގެ ޚިދުމަތް މިރޭގެ ވަގުތެއްގައި ވަނީ ކެނޑިފައެވެ. ނަމަވެސް މިހާރު އެ މަސައްލަ ޙައްލުކޮށް އަލުންވަނީ ކުރިއެކޭ އެއްގޮތަށް ޚިދުމަތްދޭން ފަށާފައެވެ.

ކޯވިޑް19ހޮޓްލައިނަކީ ކޯވިޑާއި ގުޅުންހުރި ކަންކަމުގައި ކަމާއިބެހޭ ފަރާތްތަކަށް ގުޅުމަށް، ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ ކޯލްސެންޓަރުން ޚިދުމަތްދޭ ނަމްބަރެވެ. އާއްމު ސިއްޙީ އެމަޖެންސީ ތަކާއި، ކޯވިޑް ބައްޔާއިގުޅޭ މަޢުލޫމާތު ހޯދުމާއި، ކޯވިޑްގެ ޢަލާމަތްތައް ހުންނަމީހުންނައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތައްވެސް ބޭނުންކުރަނީ މި ހޮޓްލައިނެވެ. އަދި ކޯވިޑާއިގުޅޭ އެހެން ޢާއްމު ކަންކަމުގައިވެސް ބޭނުންކުރަމުން އަންނަނީ މި ހޮޓްލައިން ނަންބަރެވެ..

ކޯލްް ސެންޓަރަށް އެވަރެޖްކޮށް ދުވާލަކު ހާހަކަށްވުރެ ގިނަ ކޯލް ލިބެއެވެ. އަދި ކޮވިޑްގެ ޙާލަތު ރާއްޖޭގައި އެންމެ ގޯސްވި ދުވަސްވަރު، އެވްރެޖްކޮށް ދުވާލަކު 9000 ކޯލްވެސް ލިބޭކަމަށް އެ ސެންޓަރުން މީގެކުރިން ބުނެފައި ވެއެވެ.