ޚަބަރު

މާލެއިން 181 މީހުނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި


މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.

"ސަވާރީ" ނަމަކަށް ކިޔާ ބޯޓުގައި 181 މީހުން ތިބިކަމަށާއި، މިބޯޓް ފަރަށް އަރާފައިވަނީ މިރޭ 23:06 އެހާކަންހާއިރު ކަމަށް ކޯސްޓް ގާޑުން މާއުލޫމާތުދެއެވެ. އަދި މިބޯޓް ފަރަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާންފަށައިފައިވާކަމަށް ކޯސްޓްގާޑުން މަޢުލޫމާތުދެއެވެ. އެގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޝަހީދު ޢަލީ" އާއި "ހާބަރ ކްރާފްޓް 114" މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިބޯޓު ފަރަށް އަރާފައިފަނީ މ. ދިއްގަރާ 6 ނޯޓިކަލް މޭލު ބޭރުން ކަމަށް މަޢުލޫމާތުލިބެއެވެ. ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާރޑުގެ އިތުރުން ފުލުހުންގެ ލޯންޗްފަހަރުގައިވެސް ދަނީ ކުރަމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ފުލުހުން ބުނާގޮތުގައި، ފަރަށް އެރި ބޯޓުގައި ތިބި ބައެއް މީހުން ފުލުހުންގެ ލޯންޗެއްގައި މިހާރު ވަނީ މ. ދިއްގަރަށް ގެންގޮސްފައެވެ.އެންމެ ފަހުން މަޢުލޫމާތު ލިބުނުގޮތުގައި، މިރޭ 1:34 ގައި ސަވާރީ ބޯޓުގައި ތިބި މީހުންގެތެރެއިން 40 މީހުން ނަގައިގެން އެމްއެންޑީއެފް ކޯސްޓްގާޑް "ހާބަރ ކްރާފްޓް 114" ގައި މ. އަތޮޅު ދިއްގަރަށް ދަތުރުކުރަން ވަނީ ފަށާފައެވެ. އަދި ފުލުހުންގެ އެހީގައި ބޯޓުގައިތިބި މީހުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން މިހާރު ވަނީ މ.ދިއްގަރަށް ގެންގޮސްފައެވެ.