ވިޔަފާރި

ޓޫރިޒަމަށް ބަރޯސާވާ ޤައުމުތަކުގެ ލިސްޓުގެ 2 ވަނައިގައި ރާއްޖެ


ވޯލްޑް
ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް، ޑަބްލިއު.ޓީ.ޓީ.ސީ އިން އެކުލަވާލި، ފަތުރުވެރިކަމަށް
އެއްމެ ބޮޑަށް ބަރޯސާވާ ޤައުމުތަކުގެ ލިސްޓްގެ ދެވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.



ރާއްޖެ
އެ ލިސްޓްގެ ދެވަނަ އަށް އައިސްފަައިވަނީ ރާއްޖޭގެ ޖީޑީޕީ، ނުވަތަ އުފެއްދުންތެރިކަމުގެ
ނިސްބަތުުގެ %42 ހިިިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށްވުމުންނެވެ.



ފަތުރުވެރިކަމަށް
އެއްމެ ބޮޑަށް ބަރޯސާވާ ޤައުމެއް ކަމަށް ލިސްޓްގައިވަނީ ޗައިނާގެ މަކާއޯއެވެ. އެގޮތުން
މަކާއޯގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ %44 ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން
ކަމަށް ޑަބް.ލިއު.ޓީ.ޓީ.ސީ  ހާމަކުރެއެވެ.



ޑަބް.ލިއު.ޓީ.ޓީ.ސީގެ
ލިސްޓްގައިވާ ގޮތުން ފަތުރުވެރިކަމަށް ބަރޯސާ ނުވާ ޤައުމުތަކުގެ ލިސްޓްގެ އެއް
ވަނައިގައި ހިމެނެނީ ކިރުގިސްތާން، ދެވަނައަށް އެފްރިކާގެ ޤައުމެއް ކަމަށްެވާ ނިގަރ
އައިސްފައިވާ އިރު އެ ލިސްޓްގެ ތިންވަނަ އަށް އައިސްފައިވަނީ ކެނެޑާއެވެ.