ޚަބަރު

އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ޚާރިޖީވަޒީރު ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި


ކޯވިޑް-19ގެ ޙާލަތަށްފަހު ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ވަނީ މިދަނޑިވަޅުގައި ރާއްޖެ ޗައިނާއާއެކު އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިބައްދަލުވުމުގައި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.

މިބައްދަލުވުމަށްފަހު ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހާލަތުން އަރައިގަނެ ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

ޗައިނާއިން ދަނީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ޕެންޑެމިކްގެ ތެރޭގައިވެސް ޗައިނާ ސަރުކާރާ ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.