ކުޅިވަރު

ވިލިއަމްސްގެ ލަނޑުން ބަލްގޭރިއާ ބަލިކޮށް ވޭލްސް އެއްވަނައަށް


ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޮނީ ވިލިއަމްސް ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ ވޭލްސް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިއީ ވިލިއަމްސް ވޭލްސްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ. ނޭޝަންސް ލީގުގައި ވޭލްސްއިން ބަލްގޭރިއާގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ވޭލްސްއިން ކާމިޔާބުކުރީ މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށެވެ. އަނިޔާގެ ސަބަބުން ގެރެތް ބޭލް އަދި ރަމްސޭ ނެތި ކުޅުނު މެޗުގައި ވޭލްސްގެ ޒުވާން ކުޅުންތެރިން ވަނީ މޮޅުކުޅެއް ދައްކާފައެވެ. މިއީ މި ގުރޫޕުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ވޭލްސް މޮޅުވި ތިންވަނަ މެޗެއެވެ.

ވޭލްސްއިން އެންމެ ފަހުން ކާމިޔާބުކުރި ތިން މެޗުގައި އެޓީމުން މޮޅުވެފައި ވަނީ މެޗުގެ ފަހު 15 މިނެޓުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ. ރޭ މި ގުރޫޕްގައި ފިންލޭންޑް އާއި އަޔަލެންޑް ވާދަކުރި މެޗު 1-0 އިން ކާމިޔާބުކުރީ ފިންލޭންޑެއެވެ. މިނަތީޖާ އެކު ވޭލްސް ވަނީ 10 ޕޮއިންޓާއެކު ގުރޫޕް އެއްވަނައަށް ޖެހިލާފައެވެ. ވޭލްސްއަށް ވުރެ ޕޮއިންޓެއް މަދުން ހޯދައިގެން ފިންލޭންޑް ދެވަނައިގަ އޮތްއިރު އަޔަލޭންޑް ތިންވަނައިގަ އޮތީ ދެ ޕޮއިންޓާއެކުއެވެ. ގުރޫޕްގެ ފުލުގައި އޮތް ބަލްގޭރިއާއަށް ލިބެނީ އެންމެ ޕޮއިންޓެކެއެވެ.