ދީން

ޖަމާއަތްތެރިން ތަމްރީނުކުރާ ކޯސް އޮންލައިންކޮށް ކުރިއަށްގެންދަަން ފަށައިފި


ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ޖަމާއަތްތެރިން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޖަނާޒާކޯސް އޮންލައިންކޮށް ކުރިއަށްގެންދަަން ފަށައިފިއެވެ.

ފަސް ހަފްތާގެ މުއްދަތަށް ގޫގުލް މީޓް މެދުވެރިކޮށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާއިޛުންނެވެ.

މި ކޯހުގައި، ޢާއްމު ޙާލަތުގަޔާއި އަދި ކޯވިޑް-19ގެ މި ޚާއްސަ ޙާލަތުގައި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތް ތަފްޞީލީ ގޮތެއްގައި ކިޔައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ޢަމަލީ ގޮތުން ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާގޮތް އޮންލައިކޮށް ކިޔަަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޢުލޫމާތުދެއްވައެވެ.

05 އޮކްޓޯބަރ 2020 ވަނަ ދުވަހު ޖަނާޒާ ކޯސް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށާފައިވާއިރު މި ކޯސް ނިންމުމަށް ހަމަޖެހިފަވަނީ 04 ނޮވެމްބަރ 2020 ވަނަ ދުވަހުއެވެ.