ކުޅިވަރު

މީއީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން: މަންޗިނީ


ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑްއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމަކީ އެންމެ ބޭނުންވި ނަތީޖާ ނޫންކަމަށާއި މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މަންޗިނީ ބުނީ މެޗުގައި އޭނާގެ ޓީމު ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިކަމަށާއި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ކަމަށް މަންޗިނީ ބުންޏެވެ. އެހެން ނަމަވެސް މުޅި މެޗުގައި ޓީމުން ދެއްކީ ހިތްހަމަޖެހޭވަރުގެ ކުޅުމެއް ކަމަށް މަންޗިނީ ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީގެ މެދުތެރެއަށް ކުޅެމުން އަންނަ ވެރާޓީ ބުނީ މުޅި މެޗަށް ބަލާއިރު ދެއްކި ކުޅުން ގޯސްނޫން ކަމަށެވެ. އިޓަލީގެ ގޭމް ކުޅެން މިދަނޑުގައި އެހާ ފަސޭހަ ނޫންކަމަށާއި ނަތިޖާ ބަދަލުކުރަން ފުރުސަތު ލިބުނު ނަމަވެސް އެކަން ނުކުރެވި ދިޔަކަން ވެރާޓީ ވަނީ ފާހަގަކޮށްފައެވެ.

އިޓަލީ ވަނީ އެންމެފަހުން ނޭޝަންސް ލީގުގައި ކުޅުނު 7 މެޗުގައި 7 ލަނޑު ޖަހާފައެވެ. އިޓަލީން ވަނީ މިމެޗާއެކު މިހާތަނަށް ބަލިނުވެ 18 މެޗު ހަމަކޮށްފައެވެ. މި ނަތީޖާ އެކު އިޓަލީ އޮތީ ފަސް ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައެވެ. ޕޮލެންޑް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެން ތިންވަނައިގައެވެ.