ކުޅިވަރު

އުންމީދުކުރީ މޮޅުވާނެ ކަމަށް، އެކަމަކު ނެދަލޭންޑްސްގެ ކުޅުން ދަށް: ވެން ޑައިކް


ޔުއެފާ ނޭޝަންސް ލީގުގައި ބޮސްނިޔާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗުން މޮޅުވާނެކަމަށް އުއްމީދު ކުރިކަމަށާއި އެހެންނަމަވެސް އެއްވުރެ ނެދަލޭންޑްސްގެ ކުޅުން ދަށްކަމަށް އެޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފިއެވެ.

ބޮސްނިއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވެން ޑައިކް ބުނީ އެއްފެންވަރެއްގައި މެޗުގައި ނެދަލެންޑްސްއަށް ހިފަހައްޓާލަން އުނދަގޫވިކަމަށެވެ. މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ބޮސްނިއާ އަށް ޕްރެޝަރު ދެވުނު ނަމަވެސް އުފެއްދުނު ހަމަލާ މަދުކަން ވެން ޑައިކް ފާހަގަކުރިއެވެ.

އެންމެފަހުން ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދި ޓީމުގެ ކެޕްޓަން ވެން ޑައިކް ބުނީ ކުޅުންތެރިންނަށް ބޮސްނިއާ މެޗު މާ ފަސޭހަކޮށް ނެގުން އެއީ ހެދުނު ގޯހެއް ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބޮސްނިއާގެ ކޯޗު ޑުސާން ބެޖަވިޗް ބުނީ މެޗުގެ ކުރިންވެސް މިފަދަ ނަތީޖާއަކަށް އޭނާ އުއްމީދުކުރި ކަމަށެވެ. އޭނާ ބުނީ މެޗުގައި މި ނަތީޖާ ހޯދުމަށް އޭނާގެ ޓީމުގެ ކުޅުންތެރިން ވަރަށް ހިތްވަރު ކުރިކަމަށާއި އެކުރި މަސައްކަތައް ކުޅުންތެރިންނަށް މަރުހަބާ ކިޔާކަމަށެވެ.

އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ނޭޝަންސް ލީގުގައި ބޮސްނިއާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މިފަހަރު ނޭޝަންސް ލީގުގައި އަދި ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން ނެދަލޭންޑްސްއަށް މޮޅެއް ހޯދިފައެއްނުވެއެވެ. މި ނަތީޖާއެކު ހަތަރު ޕޮއިންޓާއެކު ނެދަލެންޑްސް އޮތީ ގުރޫޕްގެ ދެވަނަގައެވެ. ބޮސްނިއާ ގުރޫޕްގެ ފުލުގައި އޮތީ 2 ޕޮއިންޓާއެކުއެވެ.