ވިޔަފާރި

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ފެންވަރުގެ 8 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެއްޖެ


ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ފެންވަރުގެ 8 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ވޯރލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ. މި ދާއިރާތަކުން ރާއްޖެއަށް ވޯޓުލުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވިފައެވެ. އޮންލައިންކޮށްވެސް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

27 ވަނަ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެ ނޮމިނޭޓްވެފައިވަނީ:
ވޯލްޑް ލީޑިންގ ބީޗް ޑެސްޓިނޭޝަން
ވޯލްޑް ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން
ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން
ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން
ވޯލްޑް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން
ވޯލްޑް ލީޑިންގ އައިލެންޑް ޑެސްޓިނޭޝަން
ވޯލްޑް ލީޑިންގ ޓޫރިސްޓް ބޯޑް
ވޯލްޑް މޮސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން

މިދިޔަ އަހަރުގެ ވޯލްޑް ޓެރެވެލް އެވޯޑްސް ގައިވެސް ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ 5 އެވޯޑެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ސަރަހައްދީ ފެންވަރުގެ ގިނަ އެވޯޑްތަކެއްވެސް އަންނަނީ ލިބެމުންނެވެ. މިއަހަރުގެވެސް ދުނިޔޭގެ ފެންވަރުގެ އިތުރުން ސަރަހައްދީ ފެންވަރުގެ ގިނަ އެވޯޑްތަކަކަށްވެސް ރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ދެމުން އަންނަތާ މިއަހަރަށް 27 އަހަރު ފުރޭއިރު މިއީ މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.