ކުޅިވަރު

އޭޝްލީ ޔަންގް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


އިންޓަރ މިލާންގެ ޑިފެންޑަރު އޭޝްލީ ޔަންގް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޔަންގް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ވާދަވެރި އޭސީ މިލާނާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

އިޓާލިއަން ލީގުން ބުނީ ޔަންގް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށާއި މިވަގުތު އޭނާ ހުރީ އައިސޮލޭޝަންގަ ކަމަށެވެ. ޔަންގް ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން އިންޓަރ މިލާނުން ހާމަކޮށްފައިވަނީ މިވަނީ އެކްލަބުގެ ތިން ކުޅުންތެރިޔަކު ޕޮޒިޓިވްކަން ހާމަކުރިތާ ދެ ދުވަސްފަހުންނެވެ.

އިންޓަރ މިލާނުންވެސް މިކަމާއި ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ. އެޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޮނިހިރު ދުވަހު ހެދި ޓެސްޓްތަކުން ޔަންގް ޕޮޒިޓިވް ވެފައިވާކަމަށާއި މިވަގުތު އޭނާ ހުރީ ގޭގައި ކަރަންޓީން ކުރެވިފައިކަމަށެވެ.

އިޓާލިއަން ލީގުގައި އިންޓަރ މިލާން މިހާތަނަށް 3 މެޗު ވަނީ ކުޅެފައެވެ. އެގޮތުން މި ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު އިންޓަރ މިލާން އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައެވެ.

ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ކަންތައްތަކެއް ހުއްޓުމަކަށް އައިއިރު ފުޓުބޯޅައިގެ އެންމެހާ ކަންކަން ވަނީ މެދުކަނޑާލާފައެވެ. ކޮވިޑުގެ ނުރައްކާ އެންމެ ބޮޑުވި އެއް ގައުމަކީވެސް އިޓަލީއެވެ.