ވިޔަފާރި

ބީއެމްއެލްއިން ކެނދިކުޅުދޫގައި އޭޓީއެމްގެ ޙިދުމަތް ދޭން ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން ނ. ކެނދިކުޅުދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެ ބެންކުގެ ޙިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކޮށް މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން 4 ރަށެއްގައި އޭޓީއެމް ސެންޓަރެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަން މިދިޔަ ޖޫންމަހުގެތެރޭގައި ހާމަކޮށްފައެވެ. މި 4 ރަށުގެ ތެރޭގައި ކެނދިކުޅުދޫވެސް ހިމެނެއެވެ. ދެން ހިމެނޭ ރަށްތަކަކީ ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށްޓެވެ. ވަރަށް އަވަހަށް މި ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ފަށާނެކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން މިހާރުދަނީ 57 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 120 އޭޓީއެމް ސެންޓަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިންގަމުންނެވެ.