ޚަބަރު

ރޭ ހިންގި މާރާމާރީއާއި ގުޅިގެން 8 މީހަކު ހައްޔަރުކޮށްފި


ފުވައްމުލަކުގައި ރޭ ހިންގި މާރާ މާރީއާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 8 މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ 2 ފިރިހެނަކާއި 21 އަހަރުގެ 3 ފިރިހެނަކާއި، 22 އަހަރުގެ 2 ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.ފުވައްމުލަކު ހޯދަނޑު އަވަށުގެ ދެބައެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި 5 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 3 މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކާ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރެވުނު ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.ފުވައްމުލަކު ޕޮލިސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤްކުރަމުންނެވެ.